ވާއިޒް މުޝާރިކުންނަކީ އިސްލާމީ ވަހުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އައްޔަންކުރާ ބޭފުޅުންނަށް ކިޔާ ނަމެކެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެރްޓަރީ އަހުމަދު އަދީލް ވިދާޅުވީ ޝައިހް އެ މަގާމަށް ހަމަޖައްސަފާއި ވަނީ އިއްޔެ ކަމަށެވެ.
އައްޝައިހު މުހައްމަދު އިބްރާހިމް އިއްޔެއާ ހަމައަށް ހުންނެވީ މަދްރަސަތުލް އިފްތިތާޙްގެ އިސްލާމް ޓީޗަރެއްގެ މަގާމުގަ އެވެ. ނަމަވެސް، ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިހު ނޯޕޭ ލީވްގައި ހުންނަވާތާ 4 އަހަރު ވެއްޖެ އެވެ.