އަމީން އިތުރަށް ވިދާޅުވީ އެހެން ކަމުން މިދުވަސް ވެގެން ގޮސްފައިވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ފާހަގަ ކޮށްލެވޭ ދުވަހަކަށް ކަމުގައި އެވެ.
ރޭގައި އެކްސްގައި އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފުނަދޫ އެއާޕޯޓުގައި އެ ހިދުމަތް ގާއިމުކުރެވުމާއި އެކު ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައިވެސް ނައިޓް ލޭންޑިން ފެސިލިޓީގެ ހިދުމަތް ގާއިމުކޮށް ނިންމުނީ ކަމުގަ އެވެ.
މި އަމާޒަށް ވާސިލްވެވިފައި މިވަނީ ރައީސް ޑރ. މުއިއްޒުގެ އިސްނެގުވުމުގެ މަތިން ކަމަށާއި އެހެން ކަމުން އެ މަނިކުފާނަށް ތައުރީފު ހައްގުކަމުގައި އެވެ.
ރާއްޖޭގައި މިހާރު 18 އެއާޕޯޓު އޮޕަރޭޓް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ފަސް އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެ އެވެ.