މ. ސައްކެޔޮމާގޭ އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒު ނިޔާވީ އަލްމަނާސިކް ގުރޫޕުން ބުނި ގޮތުގައި ދެވަނަ އުމްރާގެ އަޅުކަމުގެ ތެރޭގައި މަސްޖިދުލް ހަަރަމްގައި އުޅެނިކޮށް ރޭގެ 7:35 ގަ އެވެ.
މި ސްކޫލު ބަންދުގައި 7726 މީހުން ރާއްޖޭން އުމްރާގެ އަޅުކަމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އިމްތިޔާޒު އުމްރާގެ އަޅުކަމަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.