ads
ފަހި ދިރިއުޅުން ފްލެޓު އިމާރާތެއްގެ ފެން މީޓަރުތައް - ފޮޓޯ: އެމްޑަބްލިއުއެސްސީ
އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި އެވެ.
Advertisement

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްޑީސީ ފްލެޓްތަކުގެ، އަމާން ދޯދި، އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ފެނުގެ ހިދުމަތް ގާއިމްކޮށް، ޓެސްޓުކޮށް، މިހާރު ލިބޭގޮތް ހަދައިފައިވާކަމަށެވެ.

އަދި ނަރުދަމާގެ ހިދުމަތް ވެސް ގާއިމްކޮށްފައިވާ ކަމަށް ބުންޏެވެ. އެއާއެކު މިހާރު މި ހިދުމަތްތައް ހުރިހާ ޔުނިޓުތަކަކުން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަމާން އުދަރެސް އަދި އަމާން ދޯދީގެ ފެނުގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިދިޔަ ޑިސެމްބަރު މަހު ނިމިފައިވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު އެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މި ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް