ads
ވެނެޒުއޭލާގެ ރައީސް މަޑޫރޯ
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރުކޮށްފި
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްރުކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް ރޭގެ ދަންވަރުގެ ވަގުތެއްގައި އެމެރިކާ ސިފައިން ދިން ހަމަލާއާ ބެހޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަދޫރޯ ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި މަދޫރޯ އާއި އެކު އޭނާގެ އަންހެނުން ވެސް ވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ދެކަނބަލުން ގެންދިޔައީ ކޮންތަނަކަށް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެ އެވެ. ޓްރަމްޕް ލިޔުއްވާފައިވަނީ އިތުރު ތަފުސީލުތައް ފަހުން ދެއްވާނެ ކަމަށެވެ.

ޓްރަމްޕުގެ އަމުރަށް ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން އެކި އޮޕަރޭޝަންތައް ހިންގަމުން ދާއިރު މިދިޔަ ހަފްތާގައި ޑޮކިން އޭރިއާއަކަށް ޑްރޯނުން ހަމަލާ ދީފައިވެ އެވެ.

އަދި ރޭ ވަނީ ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް އަށް ވެސް ހަމަލާ ދީފަ އެވެ. މިއީ އެމެރިކާގެ ހަމަލާއެއް ކަމަށާއި އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުންކުރާ ތަނަކަށް ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެއްވެސް ގައުމަކުން މި ހަމަލާއާ ބެހޭ ވާހަކައެއް ރަސްމީކޮށް ދައްކާފައެއް ނުވެ އެވެ.

ވެނެޒުއޭލާގެ ހާލަތު ގޯސްވަމުންދާތީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެގައުމުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އަންގާފަ އެވެ. އަދި އެފްއޭއޭ އިން ވަނީ ވެނެންޒިއުލާގެ ވައިގެ ސަރަހައްދުން އެމެރިކާގެ މަތިންދާބޯޓުތައް ދަތުރުކުރުން މަނާކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭގެ ބަދަލުގައި ވެނެޒުއޭލާއިން ތުހުމަތު ކުރާ ގޮތުގައި އެމެރިކާ އިން އެ ގައުމުގެ ވަސީލަތްތައް ފޭރިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ގައުމަކީ ވެނެޒުއޭލާ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް