ads
ކައުންސިލް އިންތިހާބަށް 7000 އޮފިޝަލުން ތަމްރީނު ކުރަނީ
ކައުންސިލް އިންތިހާބަށް 7000 އޮފިޝަލުން ތަމްރީނު ކުރަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
Advertisement

އީސީން މިއަދު ބުނީ ދެ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ތަމްރީނު ކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިން އޮފް ޓްރެއިނާސް" (ޓީއޯޓީ) ޕްރޮގުރާމު މިއަދު ފަށާފައިވާ ކަމަށެވެ.

މާލެ ސީއެޗްއެސްސީގައި ކުރިއަށްދާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

އަތޮޅުތެރޭގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށާއި މާލެ ސަރައްދުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެ އެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް