އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު 4 ގަ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސީހުގެ ބަންދަށް އެންމެ ފުރަތަމަ ދިން 15 ދުވަސް ހަމަވެގެން، ޑިސެމްބަރު 6 ވަނަ ދުވަހު ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރި އެވެ. އެކަމަކު އެ މުއްދަތު ހަމަވެގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަަން އަމުރުކުރި އެވެ.
އެނގިފައިވާ ގޮތުގައި ފަސީހަކީ މަސްތުން ސަލާމަތްވުމަށް ފަރުވާ ހޯދައި އެކަމުން ސަލާމަތްވުމަށް ފަހު ރިކަވަރީގައި ހުރި މީހެކެވެ. ފަސީހުގެ ވަޒީފާގެ ޒިންމާއަކަށް ހެދީ ފަރުވާ ހޯދާ މީހުން ރަނގަޅު ކުރުމަށް މޯޓިވޭޓް ކުރުމެވެ.