ads
ކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުންނާއި ބައްދަލުކުރެއްްވުމުގެ ތެރެއިން
ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފި ކަމަށް ޕޮލިހުން ބުނެފި އެވެ.
Advertisement

ޕޮލިހުން މައުލޫމާތު ދިން ގޮތުގައި މި ކޮމާންޑަރުންނާއި ޕޮލިސް ކޮމިޝަނަރުވަނީ  ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލު ކުރައްވާ ލިޔުން ހަވާލުކޮށްދީފައި ކަމުގައި އެވެ. 

މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުވޭނެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުން އެ އިދާރާއިން ހާމަ ކުރި އެވެ. 

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް އައްޔަނުކުރެވުން އިރު ޑެޕިއުޓީ ކޮމާންޑަރަކަށް އައްޔަނުކުރެވުނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ކަމަށް ޕޮލިހުން ފާހަގަ ކޮށްފައިވެ އެވެ. 

ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް އައްޔަނުކުރެވުން އިރު ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލްމަތީން އަބްދުލްކަރީމް ކަމަށް އެ އިދާރާއިން ހާމަ ކުރެ އެވެ. 

ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އިންތިހާބަށް އަމާން ރައްކާތެރި މަހާއުލެއް ގާއިމްކުރުމަށްޓަކައި އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިހާބަކަށްވެސް ދުރާލައި ދަނީ ތައްޔާރުވަމުން ކަމަށް ޕޮލިހުން ބުނި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް