ads
އަދާލަތު ޕާޓީން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ އާ ގަވައިދަށް އަދާލަތުން ތާއިދުކޮށްފި
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދު އިސްލާހުކުރުމުން އެކަމަށް އަދާލަތު ޕާޓީން މަރުހަބާ ކިޔައިފި އެވެ.
Advertisement

ސިވިލް ސާވިސްގެ އަންހެން މުއައްޒަފުން އޮފީހަށް އަންނައިރު ހެދުން އެޅުމާއި، ޒީނަތްތެރިވުމުގެ ގޮތުން ކުރެވޭ ބައެއް ކަންކަމަށް ސަރުކާރުން ވަނީ ދާދި ފަހަކުން ގަވައިދެއް އެކުލަވާލާފަ އެވެ. 

އެ ގަވައިދުގައި، އަންހެން ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ. މިގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައި ވެއެވެ. އަދި، އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަ ޖެއްސުން މަނާކޮށްފައި ވެއެވެ.

މި ގަވާއިދަށް ތާއީދުކޮށް އަދާލަތުން ބުނީ، އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ތަރުތީބުކޮށްދޭ ދީން ކަމަށާއި އެގޮތަށް ހެދުން އެޅުމުގެ މިންގަނޑުތަކަކީ އިސްލާމީ ތަރުބިއްޔަތާއި އަހުލާގުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

"އިސްލާމްދީނުގައި ހެދުން އެޅުމުގެ މަގުސަދަކީ ހަމައެކަނި ފިނިހޫނުމިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއް ނޫނެވެ. އޭގެ އެންމެ ބޮޑު މަގުސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުމެވެ." ބަޔާނުގައި ވެ އެވެ.

އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމުގައި ބަލަންޖެހޭ އަސާސްތަކުގެ ތެރޭގައި އެ ހެދުމަކީ ހަށިގަނޑުގެ ބައްޓަން އެނގޭ ފަދަ ބާރު ހެދުމަކަށް ނުވުމާއި އެތެރެ ފެންނަ ފަދަ ތުނި ހެދުމަކަށް ނުވުން ހިމެނޭކަން ބަޔާނުގައި ފާހަގަކުރި އެވެ.

މި ފަހުން ސަރުކާރުން ވަނީ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ވެސް އާންމު ކޮށްފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލާފައިވާ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ގައިވާ ގޮތުން، ޔުނީފޯމާއެކީ ސްކާޓު އެކަނި ލެވޭނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖު 1 ގެ އަންހެން ދަރިވަރުންނަށް އެކަންޏެވެ. މިއީ ބޭބީ ނާސަރީން ފެށިގެން ގްރޭޑު ތިނަކާ ހަމައަށެވެ.

އަންހެން ދަރިވަރުންނަށް ސްކާޓާ އެކީ ހަރުވާލު ލާން މަޖުބާރުކުރަން ސަރުކާރުން ނިންމިއިރު، މި ރާއްޖޭގައި ސްކޫލްތައް އުފެދުނީއްސުރެން މިއަދާ ހަމައަށް ވެސް ސްކޫލްތަކުގައި ކުދިންގެ ރަސްމީ ޔުނީފޯމަކީ ސްކާޓެކެވެ. އަދި ބުރުގާ އަޅާ ދަރިވަރުންނަށް، ޔުނީފޯމާ އެކީ ހަރުވާޅު ލެވެ އެވެ.

ނަމަވެސް ސަރުކާރުން ވަނީ ޒަމާންވީ ގޮތް ދޫކޮށް، އަންހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމް އަޅަން ތަފާތު ފަސް އޮޕްޝަނެއް ދީފަ އެވެ. މި އުސޫލަށް އަމަލުކުރަން ފަށަނީ 2027 ގައި ކަމުން، ޔުނީފޯމްތަކަށް ބަދަލު އަންނާނީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް