ނަދަމާ ހައްޔަރުކޮށްފައިވަނީ އިތުރު އެހެން ބަޔަކާ އެކު، ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން ނަދަމާގެ ބަންދު މުއްދަތު އިތުރު ކުރުމުން، އެ ނިންމުން ނަދަމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ނިންމީ، ބަންދު އިތުރު ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ހައިކޯޓުން މިއަދު ބަންދު މުއްދަތުގެ އިސްތިއުނާފު ނިންމުމުގެ ކުރިން، ނަދަމާ ހިމެނޭހެން ހައްޔަރު ކުރި ގްރޫޕުގެ ބަންދު އަލުންވަނީ އިތުރުކޮށްފައެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑުރަގު ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ވެސް މިދިޔަ އަހަރު ހަމަޖެއްސިއެވެ.