ads
އދ. މާމިގިލި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން - ފޮޓޯ: ހައުސިން މިނިސްޓްރީ
މާމިގިލީ މަގުތަކުގައި ތާރުއަޅަން ފަށައިފި
އދ.މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

މާމިގިލީގެ ބޮޑެތި މަގުތަކުގައި 2018 ގައި ތާރު އަޅަން ފެށީ ދެ އަހަރުން ނިންމާ ގޮތަށެވެ. އެކަމަކު އެންމެ މަގެއް ވެސް ނުނިންމައި މަސައްކަތް ވަކި ހިސާބަކުން ހުއްޓާލީ އެވެ. އޭގެ ފަހުން ދެ އަހަރުން ނިންމާ ގޮތަށް އާރުޑީސީއާ މިދިޔަ ވެރިކަމުގައި ހަވާލުކޮށްގެން ވެސް މަސައްކަތް ކުރިއަކަށް ނުދެ އެވެ.

އެ މަގުތަކުގައި ޕޭވްމަންޓް ހަދައި މަގުތަކުގެ މެދުގައި އޮތީ ހުސް ހިލަވެލި އަޅައިފަ އެވެ.

މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. މިރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނާޒިމްވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 4.89 ކިލޯމީޓަރު ހިމެނޭހެން 6 މަގެއް ތަރައްގީކުރުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި މިމަޝްރޫއުއަށް މިހާތަނަށް 95 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް