ads
14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 14 މަޝްރުއެއްގެ އެއްބަސްވުމުގައި ސޮއިކުރުން
އުމްރާނީ ތަރައްގީގެ 14 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
14 ރަށެއްގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ 14 މަޝްރޫއެއްގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
Advertisement

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ:

ނ. ހެނބަދޫ - ބިންހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުން

ނ. ހޮޅުދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ގއ. ކަނޑުުހުޅުދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ދ. ބަނޑިދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ނ. މާފަރު - ހިއްކި ބިމުގައި ގޮނޑުދޮށް ހިމާޔަތްކުރުން

ރ. އުނގޫފާރު - ބަނދަރު ތަރައްގީކުރުން

ހއ. މުރައިދޫ - ބަނދަރު ބޭރުތޮށި ތަރައްގީކުރުން

ހއ. އިހަވަންދޫ - އާޓީފިޝަލް ބީޗް ތަރައްގީކުރުން

ނ. މާޅެންދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ރ. އަލިފުށި - އިންސަޓްރިއަލް ޒޯން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ހއ. ފިއްލަދޫ - ގޮނޑުދޮށް ހިމާޔަތްކުރުން

ހއ. ވަށަފަރު - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ކ. ގާފަރު - ގޮނޑުދޮށް ހިމާޔަތް ކުރުން

ގދ. ފަރެސްމާތޮޑާ - މަގުހެދުން (ދެވަނަ ފިޔަވަހި)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް