ads
ޑރ. އާއިޝަތު ރަމީލާ
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.
Advertisement

ރައީސް ޑރ. މުޙައްމަދު މުއިއްޒު, ރަމީލާ އެ މަގާމަށް މިއަދު އައްޔަން ކުރެއްވެވިކަން ރައީސް އޮފީހުން ވަނީ އިއުލާން ކުރައްވައިފަ އެެވެ.

ނަމަވެސް ރައީސް މި ވަގުތު އަމިއްލަފުޅު ދަތުރެއްގައި ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރެއްވީ އޭނާ އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދީފައިވާތީ އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުން ވަނީ އެކަން ފާސްކޮށްފަ އެވެ. 

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ރަމީލާ ގައުމީ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް