ads
ޕީއެންސީގެ ބޮޑު އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސަގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ނުފެށިގެން އުޅެނީ ކައުންސިލްތަކާއި ހުރެ : ރައީސް
ސަރުކާރުން ރަށްތަކުގައި ކުރިޔަށް ގެންދަން ނިންމާ މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ހަރުގެ ހުރިތަން 4 ބުރީގެ ބޮޑު އިމާރާތެއް ހެދުމަށްފަހު އަލުން އެތަން ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ކައުންސިލް އިންތިހާބުގެ ބޯމަތިވެފައި ވަނިކޮށް ބޭއްވި މި ޖަލްސާގައި ބައެއް ކައުންސިލްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ހިންގަން ނިންމާފާއިވާ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތަކާއި ހެދި ނުފެށިގެން އުޅޭކަމަށެވެ. 

" އަޅުގަނޑު ބަލަން އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުގައި ހިންގުމަށް ދިމާވާ ދަތިތައް. މިއަދުވެސް އަޅުގަނޑު ބަލާލިއިރު، އަޅުގަނޑު އަތަށް އެރި ލިސްޓެއްގައި އެތައް ރަށެއްގައި މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކީއްވެތޯ ބަލާއި އިރު ބިން ހަވާލުނުކޮށްގެން. ކައުންސިލުން ބިން ހަވާލު ކުރަނީ،" ކައުންސިލްތަކާއި ހެދި މަޝްރޫއުތައް ނުހިންގޭކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ  ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުފެށި ހުރި މަޝްރޫއުތަކުގެ ތެރޭގައި މިސްކިތްތައް އެޅުމާއި ސްކޫލްތަކާއި  ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ މަޝްރޫއުތައް ހިމެނޭކަމަށެވެ. 

ޕީއެންސީއަށް ކައުންސިލްތައް ދިނުން މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ ފިކުރާ ދުރު، ސަރުކާރަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާ ކައުންސިލެއް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ހޮވައިފި ނަމަ، ވައުދުތައް ފުއްދުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް ދިޔުމުގެ ބަދަލުގައި ފަހަތަށް ގޮސް، ކަންކަން ދާން ބޭނުންވާ އަވަސް މިނުގައި ނުގެންދެވޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ކޮން ބަޔަކަށްތޯ ގެއްލުން ވާނީ؟. އެ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުމެން ބޭނުމެއް ނޫން މިކަންތައް ރިޕީޓްވާކަށް. އެ އިހްތިޔާރު، އެ ބާރު މި އޮތީ ރައްޔިތުންނަށް،" ކައުންސިލްތަކަށް ޕީއެންސީ މެމްބަރުން ހޮވުން މުހިއްމުކަން ވިސްނަވާދެއްވުމުގެ ގޮތުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޚުވާ ވިދާޅުވުން ރޭ ވެސް ރައީސް މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް