ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ހިމެނޭ އެންމެ ނުބައިބައި ކެރެކްޓާ ކަމަށްވާ "ރީޓާ ރިޕަލްސާ" ގެ ރޯލު ކުޅުމަށް ޕްރިޔަންކާއާ ދަނީ ވާހަކަ ދައްކަމުންނެވެ. މިއީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ފްރެންޗައިޒްއެކެވެ.
މި ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފައެވެ. "ރީޓާ ރިޕަލްސާ" އަކީ ޕަވާ ރޭންޖާސް ސީރީޒްގައި އެންމެ މަޝްހޫރު އެއް ވިލަންއަށްވާއިރު، ޕްރިޔަންކާ ފަދަ ކުޅަދާނަ ތަރިއަކު މި ރޯލުން ފެނުމަކީ ފިލްމަށް ލިބޭނެ އިތުރު ފުރިހަމަ ކަމެއް ކަމަށް ފޭނުން އަންނަނީ ބުނަމުންނެވެ. ޕްރިޔަންކާ ވަނީ މީގެ ކުރިންވެސް "ބޭވޮޗް" ފިލްމުގައި ނެގަޓިވް ރޯލެއް ކުޅެ، އޭނާއަށް އެފަދަ ރޯލުތައްވެސް ވަރަށް ފުރިހަމައަށް ކުޅެވޭނެކަން ސާބިތުކޮށްދީފައެވެ.
މިކަމާ ގުޅޭގޮތުން ޑިޒްނީ އިން ނުވަތަ ޕްރިޔަންކާގެ ޓީމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ އެންޓަޓެއިންމަންޓް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާއިރު، ކާސްޓުންނާ ބެހޭ ތަފްސީލު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.