ads
މަސްވެރިން: ފޮޓޯ ކެޔޮޅު
އަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފި
އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހު
މި އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މިފްކޯ އިން ބުނެފި އެވެ.
Advertisement

މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހު އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް ޖުމްލަ 10،395،195ރ. ދޫކޮށްފައިވެ އެވެ. މިއީ، މިިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 64 ޕަސެންޓް ދަށް އަދަދެެކެވެ.

ފާއިތުވި 9 ދުވަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުތައް:

* ޖެނުއަރީ 1: 1،659،378ރ.
* ޖެނުއަރީ 3: 1،508،161ރ.
* ޖެނުއަރީ 5: 2،179،020ރ.
* ޖެނުއަރީ 6: 1،473،841ރ.
* ޖެނުއަރީ 7: 1،389،941ރ.
* ޖެނުއަރީ 8: 917،492ރ.
* ޖެނުއަރީ 9: 1،267،359ރ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މިކަން ތަންފީޒު ކުރަމުން އަންނަނީ 2024 އިން ފެށިގެންނެވެ.

މިފްކޯއިން ބުނާ ގޮތުން، މި އާ އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް މިފަހުން ވަނީ ބަދަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް