ads
އަހްމަދު ޝަމާހު
ޝަމާހު ސްޓެލްކޯ އެމްޑީގެ މަގާމުން ވެސް ވަކިކޮށްފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކޮށްފި އެވެ.
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޝަމާހް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު 7 ގައެވެ. އެއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި ހުސެއިން ފަހުމީ ވަކި ކުރުމަށް ފަހުގައެވެ. ފަހުމީ މިހާރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރަކަށެވެ.

ޝަމާހު އަކީ މިފްކޯގެ ސީއީއޯގެ މަގާމުން 2024 ގައި ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ 21 މެއި 2024 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ވެސް ކުރިއެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;