ads
ކަނޑު އޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25 ރުފިޔާއަށް - ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މިހާރު ވަނީ ރަސްމީކޮށް ކަންނެލި ގަންނަން ފަށާފަ އެވެ.
Advertisement

މި މަސައްކަތް ފަށާފައި މިވަނީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފެށުމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފަ އެވެ.

"ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަހުގެ ތެރެއިން 15 ކިލޯއިން ފެށިގެން މަތީގެ ކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާ އަދި މި ސަރަހައްދުން އަޅުގަނޑުމެން ކަންނެލި ގަންނަމުންދާނަން. ހަމަ އޭގެއިތުރުން މަސް ވެސް [އަޅުގަނޑުމެން] ކަނޑުއޮތްގިރިއަށް ގަންނަމުންދާނަން،" މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި، ކޯލްޑް ސްޓޯރޭޖާއި އައިސް ފޯރުކޮށްދިނުމުގެ ހިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް ޝަހީރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް