މި ހަފުލާގެ ރެޑް ކާޕެޓުން ފެނުނު އެންމެ ހިތްގައިމު ޖޯޑުތަކުގެ ތެރޭގައި މި ދެމަފިރިން ހިމެނޭކަމަށް ފެޝަން ކްރިޓިކުންނާއި މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ހަފުލާގައި ޕްރިޔަންކާ ހުރީ ވަރަށް ފުރިހަމަ ގައުންއެއް ލައިގެންނެވެ. އަދި ނިކް ހުރީ ކަޅު ކުލައިގެ ސޫޓެއްގައެވެ. މި ދެ ތަރިންގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދަނީ ދައުރުވަމުންނެވެ. ސަޕޯޓަރުން އަންނަނީ މި ދެމަފިރިންގެ ގުޅުމަށާއި، އެ މީހުންގެ ފެޝަނަށް ވަރަށް ބޮޑަށް ތައީދުކޮށް ކޮމެންޓު ކުރަމުންނެވެ.
ޕްރިޔަންކާ އަކީ ބޮލީވުޑް ދޫކޮށް ހޮލީވުޑްގައި ވެސް މިހާރު އެންމެ ކާމިޔާބު އެއް ތަރިއެވެ. އިންޓަނޭޝަނަލް މިފަދަ ބޮޑެތި ހަފުލާތަކުން އޭނާ ފެނުމަކީ އިންޑިއާގެ ސިނަމާއަށް ލޯބިކުރާ މީހުންނަށް ވެސް ލިބޭ އުފަލެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ޕްރިޔަންކާގެ އާ ފިލްމުތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;