އެ ބޭންކުން ބުނީ ބޭންކުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 28 މާރިޗު ވާ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައ،ި ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގައިކަމަށެވެ.
މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒޒިރުވެގެންނާއ،ި އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށްކަމަށެވެ.
ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށ،ް އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ ނުހަނު މުހިންމު ދައުރެއް އަދާކުރާކަމަށް ބީއެމްއެލްއިން ބުނެ އެވެ. ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި މި ބޭންކުގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް މި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. އެހެންކަމުން މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ހާއްސަ ގަރާރަކުން ކަމުގައިވާތީވެ ވީހާވެސް ގިނަ ހިއްސާދާރުން މިއަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭންކުން ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;