މި ދެ ތަރިންގެ ކައިވެނި ރޫޅުނުކަން ހާމަވުމާއެކު ބޮލީވުޑްގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
މި ވަރީގެ މައުލޫމާތު ހާމަވެފައިވާއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ވަރިވުމުގައި ހަންސިކާ ގެންގުޅުނު އުސޫލެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ކައިވެނި ރޫޅާލުމުގައި ހަންސިކާ ވަނީ ކައިވެނީގެ ހަރަދުގެ ގޮތުގައި ނުވަތަ "އެލިމަނީ" ގެ ގޮތުގައި އެއްވެސް ފައިސާއެއް ހޯދުމަށް އިންކާރުކޮށްފައެވެ. އޭނާ ބޭނުންވީ އެއްވެސް މާލީ ބަދަލަކާ ނުލައި މި ގުޅުން ނިމުމަކަށް ގެންނާށެވެ.
ހަންސިކާ އާއި ސުހައިލްގެ ކައިވެނި ނިމުމަކަށް އައި ސީދާ ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހަންސިކާގެ މި ނިންމުމަށް ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ. ހަތަރު އަހަރުގެ ދިގު ގުޅުމަކަށްފަހު މި ދެމަފިރިން ވަކިވުމަކީ ފޭނުންނަށް ގަބޫލުކުރަން ދަތިވި، ހިތާމަވެރި ހަބަރަކަށް ވަނީ ވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;