ads
ވިދްޔުތު
ބަރަހަނާކޮށް ގަހަކަށް އަރާ ވީޑިއޯއެއް އާންމުކުރުމުން ވިދްޔުތުއަށް ފާޑުކިޔުން އަމާޒުވެއްޖެ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިދްޔުތު ޖަމްވަލް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
Advertisement

އޭނާ އާންމުކުރި މި ވީޑިއޯގައި ފެންނަނީ ބަރަހަނާކޮށް ހުރެ ގަހަކަށް އަރާ މަންޒަރެވެ. މިއީ އޭނާގެ ހަށިގަނޑު ދަމާލުމަށާއި، ކަސްރަތު ކުރުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ފެނެއެވެ.

ވިދްޔުތު އަކީ އަބަދުވެސް ތަފާތު ނުރައްކާތެރި ގޮތްގޮތަށް ކަސްރަތުކޮށް އެކަމުގެ ވީޑިއޯތައް އާންމުންނާ ހިއްސާކުރާ ފަރާތެކެވެ.

ނަމަވެސް މިފަހަރު އޭނާ ހެދުން ނުލައި ހުރެ ގަހަކަށް އަރާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކުރުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. މި ވީޑިއޯ ހިއްސާކުރަމުން އޭނާ ދޭން ބޭނުންވި މެސެޖަކީ ގުދުރަތީ ވެއްޓާ ގުޅުން ބަދަހިކޮށް، ހަށިގަނޑަށް ލުއިކަން ހޯދުން ކަމަށް ބެލެވެއެވެ.

މި ވީޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ނުރުހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ބައެއް މީހުން މިއީ ސަމާލުކަން ހޯދަން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ މިއީ އާންމު ތަނެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން ވިދްޔުތު ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;