ads
ބާޒާރު ކުރަން ގެންގުޅޭ ކޮތަޅު
ކޮތަޅުފަދަ ތަކެތީގައި ﷲގެ އިސްމުފުޅު ބޭނުންކުރުން މަނާކޮށްފި
ކޮތަޅުތަކާއި އެއްޗެހި ބަންދުކުރަން ބޭނުންކުރާ ކަރުދާހުގައި މާތްﷲގެ އިސްމުފުޅުތައް ބޭނުންކުރުން ސައުދީ އަރަބިއްޔާގައި މަނާކޮށްފި އެވެ.
Advertisement

އެގޮތަށް އެކަން ކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައިވަނީ މާތް ﷲ ގެ އިސްމުފުޅުތަކަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ. 

އެގައުމުގެ ކޮމާސް މިނިސްޓްރީގެ ތަރުޖަމާނު އަބްދުލްރަހްމާން އަލްހުސައިން ބުނީ ކޮތަޅާއި ހަދިޔާފަދަ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ކަރުދާހަކީ އޭގެ ބޭނުމުގައި ވެސް އުކާލެވޭ އަދި އިހްތިރާމް ކުޑަކޮށް ބޭނުންކުރެވޭ ތަކެތި ކަމަށްވުމުން އެ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކޮށްފައި ހުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. 

އެހެން ކަމުން ވިޔަފާރިތަކުން އެ މީހުންގެ ވިޔަފާރި ބޭނުމަށް އެފަދަ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ކޮމަރސް މިނިސްޓްރީން ވަނީ ވިޔަފާރީގެ ނަންތަކުގައި ވެސް މާތްﷲގެ އިސްމުފުޅު ހިމެނޭ ނަންތައް ފާސްކޮށްދިނުން ހުއްޓާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް