ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު އީރާނަށް؛ ވިދާޅުވީ ރާއްޖޭގެ މާޒީ ހަނދާންވާ ކަމަށް!
އީރާނުގެ މަގުތަކުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް، ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ ސަފީރު ދެއްވި ރައްދަށް ރައީސް ނަޝީދު އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.
Advertisement

އިރާނުގެ ހަމަނުޖެހުންތަކާއި ގުޅިގެން ނަޝީދު އާދިއްތަ ދުވަހު ވަނީ މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އީރާންގެ ސަރުކާރު ދިފާއުކުރުމުގެ ބަދަލުގައި އެ ގައުމުގެ ރައްޔިތުންނާ އެކު ތިބެން ގޮވާލާފަ އެވެ. 

އެކަމަކު، އެ ވާހަކަތަކާ ގުޅިގެން އީރާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް "ތި ހުންނެވީ ކޮން ފަޅިއެއްގައިތޯ؟" ނަޝީދާ ސުވާލުކުރައްވާފަ އެވެ.

ނަޝީދުގެ ވާހަކަތަަކަށް ދިވެހިންގެ ވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ކަންކަމާ އެމެރިކާއިން ބެހެން ނުޖެހޭނެކަން ގަބޫލުކުރައްވާ ކަަމަށާއި އެކަމަކު މަގުމައްޗަށް ނުކުމެ ތިބި ޒުވާން މުޒާހަރާގެ ބައިވެރިންނަށް ތާއީދުކުރަންޖެހޭ ކަމަށެވެ.

ސަބަބަކަށް ވިދާޅުވީ، އެ މުޒާހަރާތަކުން ރާއްޖޭގެ މާޒީ ހަނދާންވާތީ އެވެ.

"ހަނދާންވަނީ ރާއްޖޭގެ މާޒީ. އެކްޓިވިސްޓުން މައުމޫންގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރުމުން އެ މަނިކުފާނު ވެސް ތުހުމަތުކުރެއްވީ އެއީ ނަސާރާދީނުގެ މިޝަނަރީތަކުން އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށް،" ރާއްޖޭގައި ފުރަތަމަ ބޭއްވި ގިނަ ޕާޓީ ތަކުން ވާދަކުރި އިންތިހާބު ކާމިޔާބު ކުރައްވާ މައުމޫނުގެ ދިގު ވެރިކަމުގައި ސިއްކަ ޖެއްސެވި ނަޝީދު ލިޔުއްވާފައި ވެއެވެ.

ހަގީގީ މައްސަލައަކީ އެ މީހުން ތަހަންމަލުކުރި އަނިޔާއާއި ވޭންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ މުޒާހަރާވެރިންނާ އެކު ހުންނެވިކަން މިއަދު ވެސް ތަކުރާރުކުރައްވާފަ އެވެ.

އީރާންގެ އެކި ސިޓީތަކުގައި ހިނގަމުންދާ މި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި މީހުން މަރުވެފައިވެ އެވެ. 

މި މުޒާހަރާތަކަށް ނަޝީދު ތާއީދުކުރައްވާފައިވާއިރު، އެމެރިކާއިން ވެސް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ، މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭ ނަމަ އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރުދީފަ އެވެ.

މިކަމާ ގުޅިގެން އީރާންގެ ޕާލިމެންޓްގެ ރައީސް ވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ އިޒްރޭލާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދާ އުފުލާ ބޯޓުތައް އަމާޒުފަތްގަނޑަކަށް ވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. 

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އީރާނުގެ ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކުރާ ކަމަށާއި އެ ގައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އީރާންގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ސަރުކާރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރަށް ކޮންޓްރޯލް އޮތްކަން ދައްކަން އަޑު އުފުލައިފަ އެވެ. 

your imageއީރާންގެ އިންގިލާބުގެ މައިދާނުގައި މިއަދު ސަރުކާރަށް ތާއީދުކޮށް މީހުން އަޑު އުފުލަނީ

މުޒާހަރާތައް ފެތުރުން ކޮންޓްރޯލްކުރަން، އީރާންގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް ކަނޑާލައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާންގައި އިންޓަނެޓް ކަނޑާލާފައިވާތީ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ބުރޫ އަރާފަ އެވެ. 

އަދި ޓްރަމްޕް ވަނީ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް އީރާނުގައި އިންޓަނެޓްގެ ހިދުމަތް އަލުން އިއާދަ ކުރުމާ ބެހޭ ގޮތުން އީލޮން މަސްކްއާ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް