ނިޔާވެފައިވަނީ އެ ރަށު ލަތީފީ މަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމްއެވެ. އެނގިފައިވާ ގޮތުގައި މީ އެރަށު ސްކޫލުގެ ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވެރެކެވެ.
އެރަށު މީހަކު ބުނީ އުމުރުން 16 އަހަރުގެ ޝަޒްފާ ރޭ ބޮލުގައި ރިއްސާތީ އެވާހަކަ ދެއްކިކަމަށެވެ. އަދި ނިދީ ބޮލުގައި ރިއްސާތީ ބޭސް ކައިގެންކަންވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް ހެނދުނު ހޭ ނުލައިގެން ބެލިއިރު އެއްވެސް ހަބަރެއް ނެތްކަމަށާއި ނިޔާވެފައިވާކަމަށް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ.