ads
ދިވެހި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ, މުހައްމަދު ނައީމު ހުސައިން
ނައީމްގެ ހަނދާންތައް ވައިގެދަތުރުފަތުރުގެ ތާރީހުގައި ފަނޑުނުވާނެ: ރައީސް
އަލްމަރްހޫމް މުހައްމަދު ނައީމް ހުސައިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ މުހައްމަދު ނައީމް ހުސައިން ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާ އަށް ތައުޒިއްޔާ ކިޔުމަށް ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. 

ރައީސް އެ ޕޯސްޓުގައި ވާ ގޮތުން މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަގްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނައީމްގެ ހަނދާންތަކާ ކަމުގައި އެވެ.

ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.  

މަރްހޫމް ނައީމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފައި އެވެ. 

ނައީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކަށް ފަހު މިދިޔަ އާދިއްތަ ދުވަހު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ. 

ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ މަގާމު ފުރުއްވި ނައީމަކީ ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މީގެ 59 އަހަރުން ކުރިން ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެވެ.

ރަސްމީ މަސައްކަތުން ނައީމު, ރިޓަޔާ ކުރެއްވިތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް