މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ.ނޮޅިވަރަމް / އެލްޕަސޯ ، އަހުމަދު ފަޒީން (35އ) އެވެ.
12 ޖެނުއަރީ ދުވަހު ހިންގި މި އޮޕެރޭޝަންގައި، ފަޒީން ވަނީ ކުޅުދުއްފުށި ގެއަކުން ހުއްޓުވައި ބަލައި ފާސްކޮށްފަ އެވެ. ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިސެލޯފިންކޮޅެއް ފެނިފައިވެ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަންދެން ކޯޓައް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.