ބޭނުންވާތަކެތި:
- 8 ފޮތި ޕާން
- ހަކުރު (ހިމުންކޮށްފަ)
- ނަޓެއްލާ
- 3 ބިސް
- ބަޓަރު
- ވެނީލާ އެސެންސް
ހަދާނެގޮތް:
އެންމެ ފުރަތަމަ ޖެހެނީ ޕާންފޮތިތައް ރޮށިދަމާ އެއްޗެއްގައި ދަމާލާށެވެ. އޭގެ ފަހުން ޕާން ފޮތިތަކުގައި ނަޓެއްލާ އުނގުޅުމަށް ފަހު ޖެހޭނީ އޮޅާލާށެވެ. ދެން ބިހާއި ހަކުރު އަދި ވެނީލާ އެސެންސްއާ އެއްކޮށް ގިރާލުމަށް ފަހު ޕާންފޮތިތައް ބިސްއެތީގެ ތެރެއަށް ލައި ފޯކޮށްލާށެވެ. އެންމެ ފަހުން ޖެހޭނީ ތަވައެއްގައި ބަޓަރު އުނގުޅުމަށް ފަހު ޕާންފޮތިތައް ފިހެލާށެވެ.