މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement
މި މައްސަލައިގައި ކޮށްފައިވަނީ، ރ.މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން، 30، އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ އިތުރު މީހުން:
- ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)
- ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
- ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
- ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
- މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
- ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ.