ads
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް ބައިވެރިން ފުރަނީ
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 66 ބައިވެރިން
ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން ހިދުމަތުގެ ފަންނީ ތަމްރީނު ފުުރިހަމަ ކުރުމަށް 66 ބައިވެރިން ބ. ކިހާދުއަށް ފުރައިފިއެވެ.
Advertisement

މި ޕްރޮގްރާމުގެ އިނީޝަލް ތަމްރީނުގައި 350 ދަރިވަރުން ބައިވެރިވި އިރު ޕްރޮގްރާމު ފުރިހަމަކޮށް 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު،  ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެއްކަމަށެވެ. އަދި  ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާކަމަށެވެ. 

" ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 66 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތުލިބިގެން ދާނެ. " ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

your imageވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް ބައިވެރިން ފުރަނީ

ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒަކީ، އެރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ" ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ސެންޓަރު ސަރުކާރަށް ހަދިޔާކުރެއްވުމުން އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ތަމްރީނުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 66 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް