އޭނާ މިހެން ވިދާޅުވީ މާދަމާ ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގެ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުމާއި ގުޅޭގޮތުން ޓްވީޓާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ޕާޓީގެ ހުރިހާ މެންބަރުން ނުކުމެވަޑައިގެން މި ވޯޓުގައި ބައިވެރިވަޑައިގެންދެއްވުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއްކަމުގައި އެވެ.
އެ ޕޯސްޓުގައި އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި ޕްރައިމެރީ ކާމިޔާބު ކުރައްވާ ކެންޑިޑޭޓުންނާއި އެކު ބާކީ ކެންޑިޑޭޓުން މަސައްކަތްކޮށް ކުރިޔަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމީޔާބު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރު ބަލި ކުރަން ބޭނުންނަމަ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިކުމެ އެމްޑީޕީގެ ކެނޑިޑޭޓުންނައް ވޯޓް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމުގައި އެވެ.
އެމްޑީޕީގެ އެތެރޭގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައި އޮއްވައި، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ކުރިން ވަނީ ވިދާޅުވެފައި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ތެރެއިން، ޝާހިދުގެ ތާއީދު އަލީ އާޒިމަށް އޮތް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
އެކަން ދޮގުކުރައްވަމުން އެކްސްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ކަަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;