މިއީ ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ހޭދަކުރަންޖެހިދާނެ ކަމަށް އަންދާޒާ ކުރެވޭ އެންމެ މަތީ އަގެވެ.
މިކަމާ ގުޅޭގޮތުން އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ގްރީންލޭންޑްގެ އަގު ހުންނާނީ ވަރަށް މަތީގައެވެ. މީގެ ކުރިން އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު އެމަނިކުފާނު ވަނީ ގްރީންލޭންޑް ގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް އެކަމަށް ޑެންމާކު ސަރުކާރުން ވަނީ އޭރު ދެކޮޅު ހަދާފައެވެ.
ގްރީންލޭންޑަކީ ގުދުރަތީ ގޮތުން މުއްސަނދި އަދި ސްޓްރެޓެޖިކް ގޮތުން މުހިންމު ސަރަހައްދެއްގައި އޮތް ތަނެކެވެ. އެމެރިކާއިން މިފަދަ ބޮޑު ހަރަދެއް ކޮށްގެން އެތަން ގަންނަން ވިސްނި ނަމަވެސް، މިއީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ފަސޭހައިން ވެދާނެ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.