ads
އިޒްރޭލުން ރަފާއަށް ދިން ހަމަލާތައް ދައްކުވައިދޭ ވީޑިއޯގެ ސްކްރީން ޝޮޓެއް
ރަފާ ގައި ހަމާސްގެ ކޮމާންޑަރަކާއި އިތުރު ބަޔަކު ޝަހީދުކޮށްލައިފި
ރަފާ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ހަމާސް އާއި ޕަލެސްޓީނިއަން އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ ގިނަ އަދަދެއްގެ މެމްބަރުން ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފި އެވެ.
Advertisement

އައިޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ ރަފަހު ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން "ބޮޑެތި ވައިލޭޝަންތަކެއް" (ގަވާއިދާ ޚިލާފު އަމަލުތަކެއް) ހިންގަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.


މި އޮޕަރޭޝަންގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ މުހައްމަދު ހާމިދު މުހައްމަދު ހައުލީ ހިމެނޭ ކަމަށް އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ޝަހީދުކޮށްލި ފަރާތްތަކަކީ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދަށް ނިސްބަތްވާ "ޓެރަރިސްޓުން"ނެވެ. ނަމަވެސް މި ހަމަލާތަކާ ގުޅޭގޮތުން ހަމާސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް