ads
ގާސިމް އިބްރާހިމް
ކައުންސިލް އިންތިހާބުގައި ޖޭޕީގެ ތާއީދު ޕީއެންސީއަށް
ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
Advertisement

ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައިވަނީ  އަންނަ ކައުންސިލް އިންތިހާބުގައި އެންމެ ކައުންސިލަކަށް ވާދަކުރާށެވެ. އެއީ އދ. މާމިގިލި ކައުންސިލެވެ. މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޤާސިމް އިބްރާހީމްގެ ރަށެވެ.

ޖޭޕީން ބުނީ މާމިގީގެ އިތުރުން އެހެނިހެން ރަށްރަށުން ޕީއެންސީން ނެރޭ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމާފާއިވާކަމަށެވެ. އެގޮތަށް ނިންމީ ގާސިމް ރިޔާސަތު ބެލެހެއްޓި ކައުންސިލް ބައްދަލުވުމުގައި 18 މެމްބަރުންގެ ތާއީދާއެކުއެވެ. އަނެއް 12 މެމްބަރުން ވޯޓް ދިނީ ޕީއެންސީ ކެންޑިޑޭޓުންނަށް ތާއިދުކުރަން ނުފެންނަކަމަށެވެ. 

ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއިދުކުރަން ޖޭޕީން ނިންމި ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާށެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، ގާސިމް ގެންދަވަނީ މި ސަރުކާރުގެ ހުރިހާ ކަމަކަށް ވެސް ތާއީދު ކުރައްވައި، ސަރުކާރާ އެކު ހުންނެވިކަން ހާމަކުރައްވާ ރައީސް މުއިއްޒަށާއި ސަރުކާރަށް ތައުރީފުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް