ads
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ކައުންސިލް އިންތިހާބު އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް ކުޑޫ
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެމްޕެއިން މެނޭރަޖަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހްއްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސައިފިއެވެ.
Advertisement

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލްމަހުގެ 4 ވަނަދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. 

އިދިކޮޅު އެމްޑީޕީ އިން ވަނީ ކައުންސިލް އިންތިހާބުގެ އެ ޕާޓީގެ ކެމްޕެއިން ޓީމު ރޭ އިއުލާންކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހްއްމަދު އިބްރާހިމްއެވެ. 

ޑެޕިއުޓީ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ހަމަޖެއްސީ ހުޅުމާލެ ދާއިރާ ކުރީގެ މެމްބަރު އަލީ ނިޔާޒާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބުދުއްﷲ ގެ އިތުރުން ޕާޓީގެ ގާނޫނީ ކޮމެޓީގެ މެމްބަރު އައިކް އަހްމަދު އީސާކަމަށް އެމްޑީޕީން ބުނެއެވެ. 

އިންތިހާބުގެ ތަރުޖަމާނަކަށް އެމްޑީޕީން ހަމަޖައްސާފަައިވަނީ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު/ދިއްދޫ ދާއިރާގެ ރައީސް އަބުދުއްﷲ ވަހީދުއެވެ. އަދި ތަރުޖަމާނުގެ ނައިބަކަށް ހަމަޖެއްސީ ވިލިނގިލި ދާއިރާގެ ރައީސް އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް