ads
ރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ
މަސްއޫދުގެ ސީޝެލްސް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްއޫދު އިމާދު ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރައީސް ޑރ. ޕެޓްރިކް ހާމިނީއަށް އަރުވައިފި އެވެ.
Advertisement

އެކަމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރުގަ އެވެ.

އެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، މަސްޢޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާރާތްޕުޅުން އެ ގައުމުގެ ރައީސް އަދި ރައްޔިތުންނަށް ތަހުނިއްޔާ އަރިސް ކުރައްވައިފަ އެވެ. އަދި ސަފީރު ވަނީ ސީޝެލްސް އިން ކީ މަރުހާބާއަށް ޝުކުރު ވެސް ދަންނަވައިވަފަ އެވެ.

މަސްއޫދު ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދެ ގައުމަށް ވެސް މުހިންމު ދައިރާތައް ކަމަށްވާ މަސްވެރިކަމާއި، ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގުޅުން ބަދަހި ކުރުން މުހިންމު ކަމަށެވެ.

ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ވަނީ ސަފީރު މަސްއޫދަށް މަރުހަބާ ދަންނަވައި ސަފީރުގެ ދައުރުގެ ތެރޭގައި ދެ ގައުމު ދެމެދު އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ފައެވެ.

އެ ބައްދަލުވުމަށް ފަހު މަސްޢޫދު ވަނީ، ސީޝެލްސްގެ ނައިބު ރައީސް ސަބޭސްޓިއަސް ޕިއްލޭގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

ރާއްޖެއިން ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރަކީ، މިވަގުތު ލަންކާއަށްވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސަފީރު މަސްއޫދު ހުންނަވަނީ ލަންކާ ހައިކޮމިޝަނުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް