ads
މިނިސްޓަރު މުއްތަލިބް
ގޯއްޗާއި ފްލެޓަށް ހުށައެޅި ފޯމުތަކުގެ ސައްހަކަން ބަލަން ފަށަނީ
ގޯއްޗާއި ފްލެޓަށް ހުށައެޅި ފޯމުތަކުގެ ސައްހަކަން ބަލަން އަންނަ ހަފްތާގައި ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ  ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު އާދިއްތަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވީ މާލެއިން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ. 

ފޯމުތަކުގައިވާ މައުލޫމާތާއި ލިޔެކިޔުންތައް ވެރިފައިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދަޅުވިއެވެ. މި މަސައްކަތް ކުރިއަށްދާނީ ފޯމު ހުށައެޅި ފަރާތްތަކުގެ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓޭނެ އުސޫލެއްގެ ތެރެއިންކަމަށާއި ކޮންމެ ފޯމެއްގައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ އާއި ޝަރުތު ހަމަވޭތޯ ވަކިވަކިން ބަލާނެކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. 

ފްލެޓާއި ގޯއްޗަށް ެދެން ހުޅުވާލުމުން ދެ ދުވަސްތޭރެ 677 ފަރާތަކުން ފޯމު ހުށައަޅާފައިވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ގޯއްޗަށް އެދި ހުށައެޅި 221 މީހަކު ފަރާތަކާއި  ފްލެޓަށް އެދި ހުށައެޅި 416 ފަރާތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް