ads
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެޅި ބައެއް ޓަވަރުތައް - ފޮޓޯ އެފްޑީސީ
އެފްޑީސީ ހުރިހާ ފުލެޓަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކަރަންޓު ގުޅައި ނިންމާލައިފި އެވެ.
Advertisement

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ 4000 ފްލެޓަށް ކަރަންޓްދޭން ކުރި މަސައްކަތުގައި އެ ތަންތަނުގެ މެއިން ޕެނަލްތަކަށް ކޭބަލް އަޅައި، ކަނެކްޝަންތައް ހަދައި ޓެސްޓް ވެސް ކޮށްފައިވާ ކަަމަށެވެ. 

އެ ކުންފުނިން ބުނި ގޮތުގައި މެއިން ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމަަށް ކަރަންޓް ގުޅައިދޭން ކުރަން ޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވެސް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

ފުލެޓުތައް އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ނިންމައި އެތަންތަނަށް މީހުން ބަދަލުވުމަށް ގާއިމުކުރަންޖެހޭ އަސާސީ ހިދުމަތްތަައް ގާއިމުކުރުމާއެކު، އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މި ޖަނަވަރީ މަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ. ފްލެޓާ ހަވާލުވާން ޖެހޭ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންނަނީ އަންގަމުންނެވެ.  

ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓަށް ސަރުކާރުން ކަނޑައެޅި ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު 8،000ރ. އެވެ. އަދި ތިން ކޮޓަރީގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. އެވެ. މިއީ މާލޭ ސަރަހައްދުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތައް އާންމުން ކުއްޔަށް ދޭ މިންވަރާ އަޅާބަލާއިރު ވަރަށް ހެޔޮ އަގެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް