މިނިސްޓަރު ވިދާޅުވީ މަސް ކޭސްތައް ބަހަން ފަށާނީ ހޮނިހިރު ދުވަހުގެ ރޭ 08:30 ގައިކަމަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 11:00 ހަމައަށް މަސް ކޭސް ބަހާނެކަމަށާއި އުންމީދަކީ އަންނަ މަހު 11އަށް މަސް ކޭސް ބަހާ ނިންމާލުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސް ކޭސް ބެހުމަށް ޓޯކަން ނަންބަރު ނެގުމަށް ޕޯޓަލް ވަނީ ހަދާފައެވެ. .މިއަދު 12:00 އިން ފެށިގެން އެ ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި 7741446 ނަންބަރު މެދުވެރިކޮށް މި ކަމާ ގުޅޭ ޝަކުވާތައް ހުށަހެޅޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ
މާލޭގައި މަސްދަޅު ކޭސް ބަހާތަންތަން
މި އަހަރު 118،773 ގޭބީސީއަކަށް މަސް ކޭސް ބަހާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61،755 ގޭބީސީއެކެވެ.