ބޮޑު ޗުއްޓީއަށް ފަހު އާ ދިރާސީ އަހަރު ފަށާނީ އަންނަ އަންނަ އަންގާރަ ދުވަހުއެވެ.
އަންނަ އަންގާރަ ދުވަހު ފެށޭ ދިރާސީ އާ އަހަރުގެ ކަލަންޑަރު މިނިސްޓްރީން ވަނީ އަލުން އާންމުކޮށްފައެވެ. އެ ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 27 ވަނަދުވަހު ކިޔަވާދޭން ފެށުމަށް ފަހު އަންނަ ރޯދަމަހުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައެވެ. އެގޮތުން އަންނަ މަހުގެ 18 ގައި ރޯދަ މަސްފެށޭއިރު ސްކޫލްތަކުގައި ކިޔަވާދޭނީ ފުރަތަމަ ހަފްތާގައި އެކަންޏެވެ. އެއީ ފެބްރުއަރީ 22 އިން 27 އަށެވެ. އެއަށް ފަހު ސްކޫލްތައް ރޯދައަށް އެއްކޮށް ބަންދުވާނެއެވެ.
މާރިޗުމަހުގެ ނުވަ ވަނަ ދުވަހަކީ ރޯދައިގެ ފަހު 10 ފެށޭ ދުވަހެވެ. ފަހު 10 ސަރުކާރު ބަންދުކުރަން ނިންމާފައި ވުމުން ރޯދަމަހުގެ ބާކީ އޮތް ހުރިހާ ދުވަހެއް ސްކޫލްތައް ބަންދުވާނެއެވެ.