އެމްޑީޕީން މިހެން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި އެވެ.
އެމްޑީޕީގެ ވިލިގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ އީސީގެ ތެރެެއިން އަމިއްލައަށް ކުރިމަތިލާ ކެނޑިޑޭޓުންނައް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އީފާސް މެދުވެރިކޮށް ތާއީދު ދިނުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ދޭ ކަމުގައި އެެވެ.
މީގެ އިިތުރުން ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް މިފަހަރު ހުޅުވާލާފައިވާ ޕޯޓަލް އަށް ވެރިކަންކުރާ ޕީއެންސީއަށް އެކްސެސް އޮތް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އީސީ އާއި ޕީއެންސީ އާއި ދެމެދު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި އެއީ އެއްގޮތަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓުންގެ ކެންޑިޑޭންސީ އާއި ގުޅިގެން ގޮތެއް ނިންމުމަށް އެ ކޮމިޝަން ފަސް ދުވަސް ނަގާކަމަށާއި އެ ކަމުގެ ސަބަބުން ރަނގަޅު ކުރަންޖެހޭ ބައިތައް ރަނގަޅުކޮށްގެން އަލުން ލާން ލިބޭ ވަގުތުތައް ވަރަށް ބޮޑަށް ކުޑަ ވެގެން ދާނެ ކަމުގައި އެވެ.