ads
ޕީއެންސީ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ލޯޗް ކުރުމުގެ ތެރެއިން
ޕީއެންސީން ލޯކަލް ކައުސިލް އިންތިހާބުގެ ޑޯޓުޑޯ ކެމްޕޭން ފަށައިފި
ޕީއެންސީން ހުޅުމާލެ ދެކުނުގައި ލޯކަލް ކައުސިލް އިންތިހާބުގެ ޑޯޓުޑޯ ކެމްޕޭން ފަށައިފި އެވެ.
Advertisement

މި ކެމްޕޭންގެ ތެރެއިން ކެންޑިޑޭޓުން މާލެގެ ހުރިހާ އަވަށްތަކެއްގެ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ، ސުވާލުތަކަށް ޖަވާބުދީ، ސިޔާސަތުތައް ކިޔައިދޭނެ ކަމަށް ޕީއެންސީން ބުނެ އެވެ.

އެޕާޓީގެ މައި އޮފީސްގައި ފެށި މި ކެމްޕެއިންގެ މަގުސަދަކީ މޭޔަރު އަދި ކައުންސިލްގެ ގޮނޑިތަކަށް ކުރިމަތިލާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުން ކަމަށް އެ ޕާޓީން ބުނެ އެވެ. 

ހުޅުމާލޭގައި ވެސް ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ބުންޏެވެ.

މިކަމަށް ބޭއްވި ރަސްމީޔާތުގައި މޭޔަރު ކަމަށް ޕީއެންސީން ނެރޭ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް އަދި ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެ އެވެ.

މިކެމްޕޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކަށް ޕާޓީގެ ކެންޑިޑޭޓުންނަށް މާލެ ކެމްޕޭންގައި ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.

your imageޕީއެންސީ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ލޯޗް ކުރުމުގެ ތެރެއިން ފަލާހް ވާހަކަ ދައްކަވަނީ

ފަލާހް އިތުރަށް ވިދާޅުވީ ރައީސް ބޭނުންފުޅު ވަނީ އާންމުންނާ ގާތުން މަސައްކަތް ކުރަން ކަމަށާއި މި އިސްނެގުމުގެ ބޭނުމަކީ ސީދާ ރައްޔިތުންނާ ގުޅިގެން ދިރިއުޅުމުގެ ހާލަތު ދެނެގަނެ ކަންބޮޑުވުންތައް ސަރުކާރަށް ފޯރުކޮށްދިނުން ކަމުގަ އެވެ. 

މާލޭގެ މޭޔަރު ކަމަށް ޕާޓީގެ ކެންޑިޑޭޓް ޖަލީލް ލީޑަޝިޕްގައި ރައީސް ގެންގުޅުއްވާ އުސޫލަށް އަމަލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް