ads
މޯލްޑިވްގޭސް މާން
މައުމޫންގެ މައްސަލަ އިސްތިއުނާފު ކުރަނީ
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ ހަތް ދަޢުވާގެ ތެރެއިން ފަސް ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
Advertisement

ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިއަދުއެވެ. 

މައުމޫނުގެ މައްޗަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުރިއިރު ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ މައްސަލާގައެވެ.

ޕީޖީ އޮފީހުން ބުނީ، ދައުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އެ އޮފީހަށް ބެލެވެއެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ކުރިއިރު އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއްވާފައެވެ.

ދެން އޮތް ފަސް ދައުވާ ނިންމާ ކޯޓުން އިއްވި ހުކުމުގައިވަނީ އެ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އެގޮތަށް ނިންމީ ދައުލަތުން ހުށަހަޅާފައިވާ ގޮތަށް މައުމޫންގެ އަމިއްލަ އެކައުންޓަށް އެ ފައިސާ ވަދެފައިވާކަން އެނގެން ނެތް ކަމަށް ބޫލުކުރެވޭތީ ކަމަށް ހުކުމުގައިވެއެވެ. 

މި ނިންމުން އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް