ads
މަނިޕާލް ހޮސްޕިޓަލް - ފޮޓޯ/ ގްލޯބަލް ކެއާ ހެލްތު
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދީފި
ހިދުމަތްތަކުގެ އަގު ކުޑަކުރުމާ ގުޅިގެން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ، ޖުލައި 2024 ގައެވެ. އޭރު މެދުކަނޑާލީ، ހަމައެކަނި އައު ޕޭޝަންޓުންނަށެވެ.

އޭރު، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ، އެ ޚިދުމަތްތައް ދިނުން ހުއްޓާލީ އަގުތައް ބޮޑުވުމުން ކަމަށާއި އަގުތައް ހެޔޮކޮށް ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރާކަމަށް ޒީނިއާ ވިދާޅުވި އެވެ.

ނަމަވެސް އެންސްޕާ އިން މިއަދު ބުނީ އަލުން އަލުން އާސަންދަ ދޭން ފެށީ ހިދުމަތްތަކުން ނަގާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެތަނުން ނުދެއެވެ. 

އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭން ބޭރުގެ 60 ހޮސްޕިޓަލަކާ އެކު އެންސްޕާ އިން ސޮއިކޮށްފައިވާ އިރު، އޭގެ ތެރެއިން 49 ތަނަކީ އިންޑިއާގެ ހޮސްޕިޓަލްތަކެވެ. 

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދައިގެ ހިދުމަތް އަލުން ދޭން މިއަދު ފެށިއިރު އަގުގެ މައްސަލަ ޖެހި ލަންކާ ހޮސްޕިޓަލުން މި ވަގުތު އޮތީ އާސަންދަ ކަޑާލާފަ އެވެ. ލަންކާއިން އާސަންދައިގެ ހިދުމަތް ދެމުންދަނީ ލަންކާ ހޮސްޕިޓަލާއި، ލަންކާ ޑާޑަންސް ހޮސްޕިޓަލުގެ އިތުރުން ނަވަލޯކާ ހޮސްޕިޓަލުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް