ads
ބިސް ކެއްކުން
މުޅި އުމުރުގައިވެސް ބިސް ކެއްކީ ނުބައިކޮށް!
ބިސް ކެއްކުމަށްފަހު ތޮށި ނަގަން އުޅޭއިރު، ބިހުގެ ބައިބައި ތޮއްޓާއެކު ނެއްޓިގެން އާދޭ ހެއްޔެވެ؟ ނުވަތަ ބިސްގަނޑު ރީތިކޮށް ނުނެއްޓިގެން ރުޅިގަދަވޭ ހެއްޔެވެ؟ އެހެންވަނީނަމަ، ބިސް ތިޔަ ކެއްކެނީ ނުބައިކޮށެވެ.
Advertisement

ގިނަ ދިވެހިން ބިސް ކައްކާއިރު ހަދާ ގޯހަކީ، ތެއްޔަކަށް ފެން އަޅައި، އޭގެ ތެރެއަށް ބިސްތައް ލުމަށްފަހު އުދުން މައްޗަށް އުދާލުމެވެ. މާނައަކީ ފިނި ފެނުގައި ބިސް ކައްކަން ފެށުމެވެ. މިއީ ތޮށިގަނޑު ބިހުގައި ތަތްލަވާ މައިގަނޑު ސަބަބެވެ.

މީގެ ފަހުން ބިސް ކައްކާއިރު ތިރީގައިވާ މިވާ "ސިއްރު އުކުޅު" ބޭނުންކޮށްލާށެވެ. 

ފުރަތަަމަ ފެން ކެއްކުން:

ބިސްތައް ފެނަށް ލުމުގެ ކުރިން، ފުރަތަމަ ފެން އެތި އުދުން މައްޗަށް އުދައި ރަނގަޅަށް ކައްކާށެވެ. ފެންގަނޑު ބޮކިޖަހައި ކެކިގަތުމުން، މަޑުމަޑުން (ސަމުސަލެއް ބޭނުންކޮށްގެން) ބިސްތައް ފެން އެތީގެ ތެރެއަށް ލާށެވެ. ހޫނު ފެނަށް ބިސް ލުމުން، ބިހުގެ ހުދުބައި ވަގުތުން ހަރުވެ، ތޮށިގަނޑާއި ބިހާ ދެމެދު ވަކިވުމެއް އުފެދެއެވެ.

ގަޑިބަލައިގެން ކެއްކުން:

ބިސްތައް ފެނަށް ލުމަށްފަހު ގަޑި ބަލާށެވެ.

  • 6-7 މިނެޓު: ދިޔާކޮށް ކާން ބޭނުންނަމަ.

  • 10-12 މިނެޓު: ރަނގަޅަށް ހަރުކޮށް ކައްކަން ބޭނުންނަމަ.

ކެއްކުމަށްފަހު ބިސް ފިނި ފެނަށްލުން:

މިއީ މުޅި ޕްރޮސެސްގެ "ގޭމް ޗޭންޖަރ" އެވެ. ބިސް ކެކުމާއެކު އުދުން މަތިން ނަގައި، ވަގުތުން "އައިސް ފެން" (ފެން އެއްޗަކަށް އައިސް ކިއުބް އަޅާފައި) އެއްޗެއްގެ ތެރެއަށް ބިސްތައް ލާށެވެ.
މިހެން ހެދުމުން ބިހުގެ އެތެރޭގައި އުފެދޭ "ޝޮކް" އެއްގެ ސަބަބުން، ބިހުގެ ހުދުބައި ކުޑަކޮށް ހިކި، ތޮށިގަނޑާ ވަކިވެގެންދާނެއެވެ.

އައިސް ފެން އެތީގައި 5 މިނެޓު ބެހެއްޓުމަށްފަހު ތޮށި ނައްޓާށެވެ. އެއްވެސް އުނދަގުލަކާ ނުލައި، ވަރަށް އޮމާންކޮށް ބިހުގެ ތޮށިގަނޑު ނެއްޓިގެން އަންނާނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް