ads
މާވިން
މާވިންގެ ރައްޓެހިން ހެކިބަސް ދޭން ހާޒިރެއް ނުވި
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ ދިފާއުގައި ހެކިބަސްދޭން ތިބި މީހުން ކޯޓަށް ނައުމުން، އެ މީހުން އަލުން ގެނައުމަށް ފަހު ފުރުސަތު ދީފިއެވެ.
Advertisement

މޭރީއަށް މަރާލި މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު، މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. މާވިން އާއި ލަމްހާގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މާވިންގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިއިރު، މާވިންގެ ފަރާތުން މިއަދުގެ އަޑުއެހުމަށް ފަސް ހެކިވެރިއަކު ހާޒިރުކުރާ ގޮތަށް އޮތް ނަމަވެސް، ކޯޓަށް ހާޒިރުވީ އެންމެ ހެކިވެރިއެކެވެ. ދެން ތިބި މީހުންނަށް ޗިޓު ފޮނުވާފައި ވިޔަސް، ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެ އެންމެންނަކީ ވެސް ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސް މީހުންނެވެ.

މިއަދު އަޑުއެހުން ނިންމާލީ އެ ހެކިވެރިން ހާޒިރުކުރުމަށް މި ހަފްތާގައި އިތުރު އަޑުއެހުމެއް ބޭއްވުމަށާއި އެ ދުވަހު އެ މީހުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް