ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ކަން ކުރެއްވި އައިމިނަތު ޝައުނާ ވިދާޅުވި އެއްޗަކަށް ރައްދު ދެއްްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ޝިޔާމްގެ އެ ޕޯސްޓުގައިވާ ގޮތުން މިވަގުތު ހަމައެކަނި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ އަށް ބަރޯސާވެފައި އޮތުމުން، ދުނިޔޭގައި ކުރިމަތިވާ އެކި މައްސަލަތަކާ ގުޅިގެން ރާއްޖެ އަށް އަސަރުކުރާ މިންވަރު ބޮޑުވެގެން ދާކަމަށާއި އިގްތިސާދު ފުޅާކުރުމަކީ އެ ރިސްކު ކުޑަކުރުން ކަމުގައި އެވެ.
ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަން މަސައްކަތްތައް އެސްއީޒެޑްގެ އިހުތިސާސްގެ ތެރޭގައި ހިމެނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ހަރުދަނާ ކުރުމަށް ރައީސް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމުގައި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކު އަސަރުކުރާ އެއް ގައުމަކީ ރާއްޖެ ކަމަށާއި ކަނޑުގެ ވަސީލަތްތައް ހޯދުމުގައި ކުރިއަށް ދާނީ ޓޫރިޒަމާ އެކު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އަދި އެކަން ކުރާނީ އެކަމާ ގުޅިގެން ހަދަންޖެހޭ އެންވަޔަރުމަންޓަލް އިމްޕެކްޓް އެސެސްމެންޓްތަކާއި އެކަމާ ގުޅޭ ދިރާސާތައް ހަދައި ކަނޑުގެ ދިރުންތައް ހިޔާމަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.