ads
ފަރުމުލި (ކ) އަދި ކާށިދޫ
ކާށިދޫ ފަޅާއި ފަރުމުލީގައި ރިސޯޓް ހަދާނެ ބަޔަކު ނުވި، އަނެއްކާވެސް އިއުލާންކޮށްފި
މާލެެ އަތޮޅު ކާށިދޫ ފަޅާއި ނ. ފަރުމުލީގައި ރިސޯޓް ހަދާނެ ބަޔަކު ހޯދަން ޓްއަރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
Advertisement

ކ. ކާށިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ އޭޕްރިލް މަހު  ވަނީ ހުޅުވާލާފައެވެ. އަދި ނ. ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލިއެވެ. 

ކާށިދޫ ފަޅާއި ނ. ފަރުމުލީގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް އަނެއްކާވެސް ޓްއަރިޒަމް މިނިސްޓްރީން މިވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި މާރިޗުމަހުގެ ދޭއް ވާ ހޯމަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެހޭނެކަމަށެވެ. އަދި އަންނަ އޭޕްރިލްމަހުގެ އެއްވަނަ ދުވަހު ބީލަން ހުށައަޅަން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލި ޓޫރިޒަމަށް ހުޅުވާލައި ތަރައްގީކުރަން، އެ ފަޅުރަށަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.  ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށް ފަރުމުލީގެ ބޮޑުމިނަކީ 71.18 ހެކްޓަރެވެ. މީގެ ތެރެއިން 15 ހެކްޓަރާ ހަމައަށް ހިއްކިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ކ. ކާށިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. 

ކާށިދޫ ފަޅު ހިއްކައިގެން ހަދަނީ 115.21 ހެކްޓަރުގެ ރަށެކެވެ. 

ކާށިދޫ ފަޅުގައި ހަދާ ރިސޯޓްގެ ތަފްސީލު

  • 10 ހެކްޓަރު ހިއްކަން ޖެހޭ
  • އެ ރަށުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ
  • މި ރަށް 50 އަހަރަށް ކުއްޔަށް ނެގޭނެ 
  • ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ހުށަހަޅަން ޖެހޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް