ads
ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ)
ހައިމާކުން ޖެހި މީހަކު މަރުވުން، ޑްރައިވަރު ހައްޔަރުކޮށްފި
ކ. ތިލަފުށީ ވޯކް ސައިޓުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) މަރާއި ގުޅިގެން ލަންކާ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ކުނިތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަމީން މިއާ ގެއްލިގެން ހޯދަމަުން ދަނިކޮށް ފެނުނީ އޭނާ ގެއްލުނުތާ ދެ ދުވަސްފަހުން މިދިޔަ މަހުގެ 28 ގައެވެ. 

ފުލުހުން ބުނީ އަމީން މިއާ މަރުވީ އޭނާ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅިގެންކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.  އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ  ޑްރައިވަރަށް އެނގިގެން ގަސްތުގައި ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވާކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް