ads
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު (ކ)
ދެ އިންތިހާބު އެއްކުރަން ފެނޭތޯ ވޯޓަށް 20 މިލިއަން ރުފިޔާ ބޭނުންވޭ: ޒާހިދު
ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބާއްވާ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނަމަ، 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ދެ އިންތިހާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ކަމާއި ގުޅޭ ދާއިރާތަކާއި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވާނީ ބާއްވާފައެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު އެއް ދުވަހަކަށް ހަދާ ނަމަ، ބޭއްވޭނީ އެންމެ ލަސްވެގެން މި މަހުގެ 18ގެ ނިޔަލަށް ހުރިހާ މަރުހަލާތަކެއް ނިމި ވޯޓަކަށް އަހަން ތައްޔާރުވެވިގެން ކަމަށެވެ.

އެގޮތުން އިތުރަށް ކަރުދާސް ޗާޕުކުރަން ޖެހުމާއި އޮފިޝަލުން ކުރާ މަސައްކަތްތައް އިތުރުވެގެންދާނެތީ އިތުރު އޮފިޝަލުން ނަގަންޖެހުމާއި އެމީހުންނަށް އިތުރު އެލަވަންސް ދޭން ޖެހުމާއި ފަހު ވަގުތުގައި އައިލެންޑް އޭވިއޭޝަން ފަދަ ތަންތަނުން ފްލައިޓުތައް ޗާޓަރުކޮށްފައި ފޮނުވަންޖެހުން ހިމެނޭކަމަށް ޒާހިދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބާއި އެކު ފެންނަ ނުފެންނަ ވޯޓް ނެގިދާނެކަމަށް ޒާހިދު މި ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލު އިންތިހާބާ އެއްކޮށްލައިގެން ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް